ރާއްޖޭގެ މާކެޓަށް ޑިއުރޯފްލެކްސް ބްރޭންޑްގެ މުޅިން އާ ގޮދަޑިތަކެއް

ރާއްޖޭގެ މާކެޓަށް ޑިއުރޯފްލެކްސް ބްރޭންޑްގެ މުޅިން އާ ގޮދަޑިތަކެއް

Share on

ދަމާސް ކުންފުނިން ރާއްޖޭގެ މާކެޓަށް ޑިއުރޯފްލެކްސް ބްރޭންޑްގެ މުޅިން އާ ގޮދަޑިތަކެއް ނެރެފިއެވެ.

 ދަމާސް އިން މިފަހަރު މާކެޓަށް ނެރެފައިވަނީ ޑިއުރޯފްލެކްސްގެ އެނަރޖެޓިކް، ޑިއުރޯޕެޑިކް، އެސެންޝިއަލް އަދި ނެޗުރަލް ރޭންޖުގެ ގޮދަޑިތަކެ

އެނަރޖެޓިކް ރޭންޖުގެ ގޮދަޑި ތަކަކީ ޒުވާން އުމުރު ފުރާގެ ކުދިންނަށް ހާއްސަކޮށް ހަދާފައިވާ ގޮދަޑި ތަކެކެވެ. ޑިއުރޯޕެޑިކް ގޮދަޑި އަކީ ހުޅުހުޅުގައިއާއި ގައިގާ ރިއްސާ މީހުންނަށް ހާއްސަކޮށް ހަދާފައިވާ ގޮދަޑިއެކެވެ. މި ގޮދަޑިއަކީ އިންޑިއާގެ ނެޝަނަލް ހެލްތް އެކަޑަމީ އިން ސެޓިފައިކޮށް ގިނަ އަދަދެއްގެ ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ ގޮދަޑިއެކެވެ.

ޑިއުރޯފްލެކްސްގެ ނެޗުރަލް ރޭންޖުގެ ގޮދަޑި ތަކަކީ ހަމައެކަނި އޯރގަނިކް ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ގޮދަޑިތަކެކެވެ. އަދި ދަމާސް އިން އަލަށް މާކެޓަށް ނެރުނު އެސެންޝިއަލް ޑިއުރޯފްލެކްސް ގޮދަޑި އަކީ ގޮދަޑީގައި ނިދާ މީހާއަށް އެންމެ އަރާމުކޮށް ނިދޭނޭ ގޮތަށް މީހާގެ ބައްޓަމަށް ފެތޭ މޮޅު ގޮދަޑިތަކެކެވެ.

ދަމާސް އެކްސްޕްރެސް އަކީ ދަމާސްއިން ބައްލަވައިގަންނަވާ ތަކެތި ރާއްޖޭގެ ކޮންމެ ތާކަށްވެސް ޑެލިވަރ ކޮށްދޭ ދަމާސްގެ އޮންލައިން ފިހާރައެވެ. ދަމާސް އެކްސްޕްރެސް މެދުވެރިކޮށް ބައްލަވާގަންނަވާ ތަކެތި މާލެގައި ނަމަ ގެއާއި ހަމައަށް ގެންގޮސްދޭއިރު، ރަށްރަށުގައި ތިއްބަވައިގެން ބައްލަވައިގަންނަ ތަކެތި ރަށަށް ފުރާ ދޯންޏަށް ގެންގޮސްދެއެވެ. ދަމާސް އެކްސްޕްރެސްއާއި ދަމާސްގެ އެހެން ފިހާރަތަކުގެ އަގު ތަކާ ތަފާތެއް ނުވާނެއެވެ.

ދަމާސް އެކްސްޕްރެސްއިން ޑިއުރޯފްލެކްސްއާ އިންޑެކްސް ފަރުނީޗާގެ ތަކެތި ޕްރީ އޯރޑަރ ކުރެވޭނެއެވެ. ޕްރީ އޯޑަރަށް ތަކެތި ބައްލަވާގަންނަ އިރު ތަކެތީގެ އަގުގެ ދެބައިކޮށްފަ އެއްބައި އިންސްޓޯލްމެންޓްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.